1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
  3. ސްޓެޗުއަރީ ބޯޑްސް ބޮޑީސް އެން ޑިޕާޓްމަންޓް އޯގަނައިޒޭޝަން
ސްޓެޗުއަރީ ބޯޑްސް ބޮޑީސް އެން ޑިޕާޓްމަންޓް އޯގަނައިޒޭޝަން
13 ޖޫން 2023 ޝެއާ ޓުވީޓް
ޤައުމީ އަރުޝީފް
ޤައުމީ އަރުޝީފަކީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ  6 ވަނަ މާއްދާއިން އުފެދިފައިވާ މިނިވަން ޤާނޫނީ ޝަހްސެކެވެ. ޤައުމީ އަރުޝީފުގެ މައިގަނޑު މައްސޫލިއްޔަތަކީ މި ޤާނޫގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމެވެ. މި ޤާނޫގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިއުންތަކާއި، ރިކޯރޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުމެވެ.
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މަސައްކަތަކީ ދިވެހިރައްޔިތުންގެ ތެރެއިން އުމުރުން 10 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދިނުމާއި ޢުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ޢާންމުންނާ ބެހޭ ކަންކަމުގައި ފޮނުއްވަން ޖެހިވަޑައިގަންނަވާ މުވައްޒަފުންނަށް ކާކުކަން އަންގައިދޭ ކާޑު ހަދައި ދިނުން ކަމުގައި ހަމަޖެހިފައިއެވެ.

ނޭޝަނަލް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ

ނޭޝަނަލް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އުފެދިފައިވަނީ 2003 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. މި އިދާރާގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ގޮތެއްގެމަތިން ހުރިހައި ސައިންސް ޓެކްނޯލޮޖީ އެންޑް އިނޮވޭޝަން(STI)އާއި، ސައިންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީ(ICT)ގެ ޚިދުމަތްތައް ފޯރުކޮށްދިނުން.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ތަފާސް ހިސާބާ ބެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި ޢާންމުކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ހިންގުމެވެ.