އޭ.ޑީ.ބީ. ގެ އެގްޒެކެޓިވް ޑައިރެކްޓަރއޮނަރަބަލް މުޙައްމަދު ސާމީ ސައީދު ރާއްޖެ ވަޑައިގެންނެވުން
21 މާޗް 2015 ޝެއާ ޓުވީޓް

އޭ.ޑީ.ބީ. ގެ އެގްޒެކެޓިވް ޑައިރެކްޓަރއޮނަރަބަލް މުޙައްމަދު ސާމީ ސައީދު، 2015 މާޗް 7 ން 11 އަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގައި ހިންގާ އޭ.ޑީ.ބީ. ގެ މަޝްރޫއުތައް ބައްލަވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމެވެ. މި ދަތުރުފުޅުގައި އޮނަރަބަލް މުޙައްމަދު ސާމީ ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީނުގެ އަރިހަށް 9 މާޗް 2015 ގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން އެގްޒެކެޓިވް ޑައިރެކްޓަރ ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު ފާރިސް މައުމޫނާ ބައްދަލު ކުރައްވާފައެެވެ.

10 މާޗް 2015 ވަނަ ދުވަހު އެގްޒެކެޓިވް ޑައިރެކްޓަރ ވަނީ އައްޑޫ ސިޓީއަށް ޒިއާރަތްކުރައްވާ އެތަނުގައި ހިންގާ މެދުފަންތީގެ ވިޔަވާރި ތަރައްގީކުރުމުގެ މަޝްރޫއާއި ހަކަތަ އުފެއްދުމުގެ މަޝްރޫއު ބައްލަވައިލައްވާފައެވެ. މި ދަތުރުވުޅުގައި އެގްޒެކެޓިވް ޑައިރެކްޓަރ ވަނީ އޭ.ޑީ.ބީން ފަންޑުކޮށްގެން އައްޑޫގައި ހިންގާ ކުދި ވިޔަފާރިތައް ތަގައްގީ ކުރުމަށް ބޭނުންކުރާނެ ވިޔަފާރި ތަރައްގީކުރާ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.

އެގްޒެކެޓިވް ޑައިރެކްޓަރގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ 11 މާޗް 2015 ގައެވެ.

އެންމެ ފަހުގެ
21 ނޮވެމްބަރު 2024
21 ނޮވެމްބަރު 2024
21 އޮކްޓޯބަރ 2024
30 އޮކްޓޯބަރ 2024
16 ނޮވެމްބަރު 2024