1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް
11 ފެބުރުއަރީ 2024 ޝެއާ ޓުވީޓް


ތަޢާރަފް

މިނިސްޓްރީ އޮފް ފިނޭންސް އިން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިސާދީ ދާއިރާ ކުރިއަރުވާ އިތުރަށް ހަރުދަނާ ކުރުމަށެވެ. މިނިސްޓްރީގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް އަދި ދަރަންޏާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކޮށް، ދައުލަތުގެ ބަޖެޓު ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހިސާބުތައް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާއި ދައުލަތުގެ ހަރުމުދާތައް ބެލެހެއްޓުން ހިމެނެއެވެ. 


އަމާޒު

މިނިސްޓްރީ އޮފް ފިނޭންސްގެ އަމާޒަކީ (މިޝަންއަކީ) މެކްރޯ އިކޮނޮމިކްގެ އިޤްތިޞާދީ އޮނިގަނޑު ދެމެހެއްޓެނިވި އުފެއްދުންތެރި ގޮތެއްގައި ކުރިއަރުވައި، އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފަހެއްޓޭނެ މާލީ ސިޔާސަތެއް ޤާއިމް ކުރުމެވެ.


ތަސައްވުރު

މިނިސްޓްރީ އޮފް ފިނޭންސްގެ ތަސައްވުރަކީ މެދުމިނެއްގެ މަތީފެންވަރުގެ އިޤްތިޞާދީ ގިންތިއެއްގައި ޤައުމު ކުރިއަށްގޮސް، އިޤްތިޞާދީ ހަރުދަނާ ރޭވުންތެރި މާލީ ސިޔާސަތުތަކެއްގެ ތެރެއިން ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެމެހެއްޓެނިވި ގޮތެއްގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ކުރިއަށް ދިޔުމެވެ.މިނިސްޓްރީގެ އަސާސީ ހަމަތައް


ނަޒާޙާތްތެރިކަން: ތެދުވެރިކަމާއެކު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހުރިހާ ކަމެއްގައިވެސް އަމަލުކުރުން


ޖަވާބުދާރީވުން: ކުރާ ކޮންމެ ކަމެއްވެސް ފަރުދީ ގޮތުންނާއި މުއައްސަސާއެއްގެ ގޮތުން ޒިންމާދާރުވާފަދަ އެންމެ ހާމަކަންބޮޑު ގޮތެއްގައި ކުރުން


އެކްސެލެންސް: އީޖާދީ ގޮތްތަކަށް އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު ގޮތެއްގައި ޙިދުމަތްތައް ފޯރުކޮށްދިނުން


ޓީމްވަރކް: ލަނޑުދަނޑިތަކަށް ވާޞިލްވުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުން


އިޙްތިރާމް: މިނިސްޓްރީގެ މާހައުލަކީ އެކަކު އަނެކާއަށް އިޙްތިރާމް ކުރާފަދަ މާހައުލެއް ކަމުގައިވުންމެންޑޭޓް

އިތުރަށް ވިދާޅުވޭ


ތާރީޚް

އިތުރަށް ވިދާޅުވޭ


މިނިސްޓްރީގެ އޮނިގަނޑު


- ޑިޕަރޓްމަންޓްތައް

- މިނިސްޓްރީގެ ކޮމެޓީތައް