Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިރާގު އިލެކްޓްރޯނިކް ވޮލެޓް "ދިރާގު ޕޭ" ފިނޭންސް މިނިސްޓަރ އިފްތިތާޙްކޮށްދެއްވަިއިފި.
08 އޮކްޓޯބަރ 2017 ޝެއާ ޓުވީޓް

މޯބައިލް ފޯން މެދުވެރިކޮށްގެން ފައިސާ ދެއްކޭ " ދިރާގު ޕޭ " ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވުމަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިފަދަ ޚިދުމަތަކީ ރާއްޖެއަށް ވަރަށް މުހިންމު ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އެއީ މިހާރުވެސް ބޭންކުން ފައިސާ ނެގުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭ ކަމަށާއި މިދަދަ ޚިދުމަތެއްގެ ސަބަބުން އެކަމަށް ކުރާ ހޭދަ ކުޑަވެ ފަސޭހަތަކެއް ވާނެކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.

މޯބައިލް މަނީ ތައާރަފް ވަމުން އަންނަ އިރު، ފައިސާގެ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީތައް މިހާރަށް ވުރެ ކުޑަ ކުރަން ޖެހޭ ކަމަށާއި އިތުރު ޚިދުމަތްތަކަށް ބޭނުން ކުރެވޭ ގޮތަށް މޯބައިލް މަނީގެ ހިދުމަތް ފުޅާ ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވި އެވ.ެ

ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.ދިރާގުގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ސްމާޓް ފޯނު ބޭނުން ނުކުރާ ފަރާތްތަކަށް ވެސް "ދިރާގު ޕޭގެ" ހިދުމަތް ބޭނުން ކުރެވޭނެކަމުގައެވެ.

ދިރާގުން މި ޚިދމަތް ދޭނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ގުޅިގެންނެވެ.

އެންމެ ފަހުގެ
02 މާޗް 2023
08 އޭޕްރީލް 2021
09 ނޮވެމްބަރު 2020
17 މެއި 2020
24 އޭޕްރީލް 2020