އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދެއްވާ ލޯނުގެ ނެގޯސިއޭޝަން ބޭއްވުން
21 އޮގަސްޓް 2016 ޝެއާ ޓުވީޓް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދެއްވާ ލޯނުއެހީގެ ލޯން ނެގޯސިއޭޝަން ބައްދަލުވުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި 18 އޯގަސްޓް 2016 ވަނަ ދުވަހު ބޭއްވުނެވެ.

މި ލޯނުއެހީގެ ނެގޯސިއޭޝަނަށް ރާއްޖެ ޒިޔާރަތްކުރެއްވި ސަޢޫދީ ފަންޑްގެ މިޝަންގައި ހިމެނެނީ، މިޝަންގެ އިސްފަރާތުގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ޢަބްދުﷲ އަލް-ޞިދްޤީ އާއި އިންޖިނިއަރ ބަންޑަރް އަލްއޮބައިދާއި އަދި ލީގަލް ޑިޕާޓްމަންޓްއިން ޢަބްދުﷲ އަލް ސާދާންއެވެ. މި މިޝަންވަނީ މިނިސްޓަރގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޖުމްލަ 100 މިލިއަން ޔޫއެސް ޑޮލަރގެ ލޯނެއް ސަޢޫދީ ފަނޑުން ވަނީ ކަނޑައަޅުއްވާފައެވެ. ހަމަ މި މަޝްރޫޢުގެ ފަނޑިންގ ގެ ގޮތުގައި މި މަހުގެ ކުރީކޮޅު ކުވައިތް ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ މި މިނިސްޓްރީއާ އެކު ލޯން އެގްރީމަންޓްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) އާއި އަބޫ ދާބީ ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އިންވެސް މި މަޝްރޫޢަށް ފަންޑިންގ ދެއްވާނެކަމަށް ވަނީ އިޝާރާތްކުރައްވާފައެވެ.

ސަޢޫދީ ފަންޑާއެކު މިނިސްޓްރީން ލޯން އެގްރީމަންޓްގައި ސޮއިކުރުން މި މަހުގެ ފަހުކޮޅު ބޭއްވޭނެކަމަށް ވަނީ ލަފާކުރެވިފައެވެ.

އެންމެ ފަހުގެ
21 ނޮވެމްބަރު 2024
21 ނޮވެމްބަރު 2024
21 އޮކްޓޯބަރ 2024
30 އޮކްޓޯބަރ 2024
16 ނޮވެމްބަރު 2024