އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ބުދަ ދުވަހު މަޖިލީހުން ފާސްކޮށްފިއެވެ.
23 ނޮވެމްބަރު 2017 ޝެއާ ޓުވީޓް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ބުދަ ދުވަހު މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 27.9 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ، ބަޖެޓް ދިރާސާކުރެއްވި ކޮމެޓީން ގެންސްފައިވާ އިސްލާހަކާއި އެކުގައެވެ. ނަމަވެސް އެ އިސްލާހަކީ ބަޖެޓްގެ މުޅި ޖުމުލައަށް އެއްވެސް ބަދަލެއް އައިސްފައިވާ އިސްލާހެއް ނޫނެވެ. މީގެ އިތުރުން ބަޖެޓް ކޮމެޓިން އިތުރު ތިން ރެކޮމެންޑޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ. އެ ރެކޮމެންޑޭޝަން ތަކަކީ،

މިނިވަން މުއްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް ދަތި ނުވާގޮތަށް ބަޖެޓް ހަމަޖެއްސުން.

ރައްޔިތުންގެ އަސާސީ  ޚިދުމަތްތައް ކަމަށްވާ، ފެނާއި ނަރުދަމާ އާއި ކަރަންޓާއި ބޯހިޔާވަހިކަމާއި މަގު ހެދުން ފަދަ މަޝްރޫޢުތައް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުން.

ދިރާގުގެ 100 ޕަސެންޓް ހިއްސާ އަދި އެމްޑަބްލިޔު އެސްސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމަށް ް ކުރަން ހުރި މަސައްކަތް ވީހާވެސް އަވަސްކުރުން.

2018 ވަނަ އަހަރުގެ ބަޖެޓް ގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް 1 ބިލިއަން ރުފިޔާ

ދަރުމަވަންތަ ހޮސްޕިޓަލް ނިންމާ ޚިދުމަތް ފެށުމަށް 818 މިލިއަން ރުފިޔ

މާލެއާއި ރައްރަށުގައި ހައުސިންގ ޔުނިޓް އެޅުމަށް 580 މިލިއަން ރުފިޔާ

ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖްގެ މަސައްކަތައް ނިންމުމަށް 313 މިލިއަން ރުފިޔާ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ

ކަރަންޓް ސަބްސިޑީގެ ގެ ގޮތުގައި 200 މިލިއަން ރުފިޔ

ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއާއި އާ މުޤައްރަރު ތަންފިޒުކުރުމަށް 154 މިލިއަން ރުފިޔާ

ކާބޯތަކެތީގެ އަގުހެޔޮކުރުމަށް ސަބްސިޑީ ގެ ގޮތުގައި  50  މިލިއަން ރުފިޔާ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 27.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ބެލެވެނީ 24.9 ބިލިއަން ރުފިޔާއެވެ.އާމްދަނީ އާއި ހިލޭ އެހީ ގެ  ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާއެވެ.އެހެން ކަމުން 2018 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވާނީ 2.5 ބިލިއަން ރުފިޔާއެވެ.މިއީ ޖީ.ޑީ.ޕީ ގެ ނިސްބަތުން 3.2 އިން ސައްތައެވެ.

އެންމެ ފަހުގެ
21 ނޮވެމްބަރު 2024
21 ނޮވެމްބަރު 2024
21 އޮކްޓޯބަރ 2024
30 އޮކްޓޯބަރ 2024
16 ނޮވެމްބަރު 2024