200 މިލިޔަން ޑޮލަރުގެ ބޮންޑަށް ބައިނަލްއަގުވާމީ އެވޯޑެއް
23 ޖެނުއަރީ 2018 ޝެއާ ޓުވީޓް

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް ވިއްކި ބޮންޑަށް ބައިނަލް އަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ރާއްޖޭގެ ބޮންޑަށް ލިބިފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ރަނގަޅު ބޮންޑުތައް، ނުވަތަ "ބެސްޓް ޑީލްސް" ދާއިރާއިން، "ބެސްޓް ބޮންޑް"ގެ އެވޯޑެވެ.

ބޮންޑަށް ލިބުނު މި އެވޯޑް އަކީ އޭޝިއާގެ މާލީ ދާއިރާއާ ބެހޭގޮތުން ނެރޭ "ދި އެސެޓް" މަޖައްލާއިން ދޭ އެވޯޑެކެވެ.

 2017ގެ މެއި މަހު ސިންގަޕޫރުގައި ލިސްޓުކުރި 200 މިލިޔަން ޑޮލަރުގެ ބޮންޑަށް މި އެވޯޑު ލިބުމަކީ، ބޮންޑުގެ ކާމިޔާބީ ހާމަވާ ހެއްކެކެވެ.

މި ބޮންޑަކީ 200 މިލިއަން އެމެރިކާ ޑޮލަރުގެ 5 އަހަރު ދުވަހުގެ މެޗޫރިޓީ  ބޮންޑެކެވެ. 31 މެއި 2017 ގައި ރާއްޖެއިން ބޮންޑް ވިއްކުމަށް ހުޅުވާލުމާއެކު، ބައިނަލްއަޤްވާމީ އިންވެސްޓަރުގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. ރާއްޖެއިން ސިންގަޕޫރުގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ބޮންޑުގެ މެޗުއަރިޓީ ރޭޓަކީ ފަސް އަހަރު ދުވަހެވެ.