އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އުފެއްދުމާއިބެހޭ ވާހަކަތައް ނިންމާލައްވައިފި
26 މެއި 2015 ޝެއާ ޓުވީޓް

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އުފެއްދުމާއިބެހޭ ވާހަކަތައް ދެއްކެވުމުގައި އިސްކޮށްތިއްބެވި ފަރާތްތަކުން 5 ވަނަ ބުރުގެ ވާހަކަތައް ނިންމާލައްވައިފިއެވެ. 5 ވަނަ ބައްދަލުވުން އޮތީ 22-20 މެއި 2015 އަށް ސިންގަޕޫރުގައެވެ.

މި ބައްދަލުވުން ޗެއަރ ކުރެއްވީ ޕަރމަނަންޓް ޗެއަރ ޗައިނާގެ މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު ޝީ ޔައޮބިން އާއި ސިންގަޕޫރުގެ ޑެޕިއުޓީ ސެކްރެޓެރީ އޮފް މިނިސްޓްރީ އޮފް ފިނޭންސް ޔީ ޕިންގ ޔީ އެވެ. މިބައްދަލުވުމުގައި AIIB ގެ 57 ފައުންޑިންގ މެމްބަރުގައުމުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބޭންކްގެ އަސާސީ ގަވާއިދު ނިންމައި އެހެނިހެން ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. 3 ދުވަހުގެ މި ބައްދަލުވުމުގައި އިސްކޮށްތިއްބެވި ފަރާތްތަކުން ވާހަކަދެއްކެވި އެހެން މައުޟޫތަކުގެ ތެރޭގައި ތިމާވެއްޓާއި އިޖުތިމާއީ އޮނިގަނޑާއި ޕްރޮކިޔޮމަންޓް އޮނިގަނޑާއި ބެހޭ ސިޔާސަތުތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ނިންމުނު އަސާސީ ގަވާއިދު ޖޫންމަހުގެ ނިޔަލަށް ބޭނުންކުރަން ފެށޭވަރު ވާނެއެވެ. ބޭންކްގެ ވަގުތީ ސެކްރެޓޭރިއެޓުން ލަފާކުރާގޮތުގައި މިއަހަރު ނިމުމުގެ ކުރިން ބޭންކްގެ މަސައްކަތްތައް ރަސްމީކޮށް ފަށައިގަނެވޭނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ސީނިއަރ އެޑްވައިސަރ ޓު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އާރިފް ހިލްމީއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އުފެއްދުމުގެ އެމް.އޯ.ޔޫ. ގައި ސޮއިކުރެވުނީ ޗައިނާގެ ބެއިޖިންގ ގައި، އޮކްޓޯބަރ 2014 ގައެވެ.