Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ފިނޭންސް މިނިސްޓްރީން "ނުވަގަޑި" ކުރިއަށް ގެންގޮސްފި
08 އޮކްޓޯބަރ 2019 ޝެއާ ޓުވީޓް


ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް "ނުވަގަޑި"ގެ ނަމުގައި މައުލޫމާތު ދިނުން ކުރިއަށް ގެންގޮސްފި އެވެ.

މިއަދު ހެނދުނު 9ން 11ށް ފިނޭންސް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެވުނެވެ. އެދާއިރާތަކަކީ މިހާރު މަޖިލީހަށް ފޮނުވަން ތައްޔާރުވެފައިވާ އިންކަމް ޓެކްސް ބިލާ ގުޅޭ ގޮތުންނާ 2020 ވަނަ އަހަރަށް ތައްޔާރުކުރާ ބަޖެޓާ ގުޅޭ ގޮތުން އަދި ނެޝަނަލް ޓެންޑަރގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާ ގުޅޭ ގޮތުންނެވެ. މައުލޫމާތު ހިއްސާ ކުރެއްވީ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގެ އެންމެ އިސްވެރިންނެވެ. "ނުވަގަޑި" ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފެވެ.

ނުވަގަޑީގެ ނަމުގައި މައުލޫމާތު ދިނުމުގެ ބައްދަލުވުން ސިލްސިލާކޮށް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައިވާކަން މި ބައްދަލުވުމުގައި އިއުލާން ކުރެވުނެވެ.


އެންމެ ފަހުގެ
02 މާޗް 2023
08 އޭޕްރީލް 2021
09 ނޮވެމްބަރު 2020
17 މެއި 2020
24 އޭޕްރީލް 2020