މުޅި ރާއްޖެއަށް އަމާޒުކޮށްގެން މާލިއްޔަތު ޤަވާއިދު ތަމްރީން ޕްރޮގްރާމެއް ފަށައިފި
25 ޖުލައި 2019 ޝެއާ ޓުވީޓް


ސަރުކާރު މުވައްޒަފުން ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރި ކުރުވުމުގެ މަޤްސަދުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

  ފުވައްމުލަކުގައި 2019 ޖުލައި 25 ވަނަ ދުވަހު ފެށި ތަމްރީން ޕްރޮގްރާމް ރާއްޖޭގެ 14 އަތޮޅެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ތަމްރީން ނުހިންގާ އަތޮޅުތަކުގެ ބައިވެރިން އެހެން އަތޮޅުތަކަށް ގެންގޮސްގެން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިނޭންސާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

  ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުވައްމުލަކުގައި ފަށާފައިވަނީ ޖުލައި 25 ވަނަ ދުވަހު ހެނދުނު އެވެ. މި ތަމްރީން ޕްރޮގްރާމްގައި ފުވައްމުލަކުގެ 12 މުއައްސަސާއަކުން 62 ބައިވެރިން ވަނީ ބައިވެރިވެފައެވެ.