އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީ ކުރުމުގެ ލޯނު އެއްބަސްވުމުގައި ސައުދީ ފަންޑާ އެކު ސޮއިކުރުން
13 އޮކްޓޯބަރ 2016 ޝެއާ ޓުވީޓް

 އަރަބި ކޯޑިނޭޝަން ގްރޫޕްގައި ހިމެނޭ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ދެއްވާ 375،000،000 ( ތިން ސަތޭކަ ހަތްދިހަ ފަސް މިލިއަން) ސައުދީ ރިޔާލް (ގާތްގަނޑަކަށް 100 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު  25 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެރޭ ކުރުބާ މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނެވެ. މިލޯނު އެއްބަސްވުމުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ހިޒް އެކްސެލެންސީ ޔޫސުފް އަލް ބައްސާމް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ކޯ-ޗެއަރ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

  މި ލޯނަކީ 25 އަހަރުގެ ތެރޭގައި 5 އަހަރުގެ ގްރޭސް މުއްދަތާއެކު 2% އިންޓަރެސްޓް ރޭޓްގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލުއި ލޯނެކެވެ.

އެންމެ ފަހުގެ
21 ނޮވެމްބަރު 2024
21 ނޮވެމްބަރު 2024
21 އޮކްޓޯބަރ 2024
30 އޮކްޓޯބަރ 2024
16 ނޮވެމްބަރު 2024