ޔޫ.އެން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޝަލް ކޯޑިނޭޓަރ މިސް ޝޮކޯ ނޯޑާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަޙްމަދު މުނައްވަރަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
04 އޮގަސްޓް 2016 ޝެއާ ޓުވީޓް

ޔޫ.އެން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޝަލް ކޯޑިނޭޓަރ މިސް ޝޮކޯ ނޯޑާ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަޙްމަދު މުނައްވަރަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ކަމަނާއާ އެކު ރެސިޑެންޝަލް ކޯޑިނޭޓަރ އަލްފާޟިލާ ހުދާ އާދަމް އަދި އެސިސްޓަންޓް ރެސިޑެންޝަލް ރިޕްރެޒެންޓޭޓިވް އަލްފާޟިލް ނަޝީތު ތޯހާ ބައިވެރިވެ ވަޑައިގެންފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔޫ.އެންއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޔޫ.އެންގެ ފަރާތުން ރާއްޖޭގައި ކުރިއަށްގެންދާ އުންޑާފް ޕްރޮޖެކްގެ ދަށުން ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސްގެ ތެރެއިން ގްރޭޓަރ މާލެ ރީޖަން ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމެވެ.