Ministry of Finance
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް
28 ޑިސެމްބަރު 2017 ޝެއާ ޓުވީޓް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ން އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް ދިނުމުގެ އެއްބަސްވުމެއްގައި 28 ޑިސެމްބަރ 2017 ގައި ސޮއިކޮށްފިއެވެ.

މި ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން މިއަދު ސޮއިކުރެއްވީ ސީއީއޯ އަޒީމް ނޫރުދާލީ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީ ރުއެވެ.

މިއީ އައިޑީބީގެ އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ން ރާއްޖެއަށް މިހާތަނަށް ދިން އެންމެ ބޮޑު އިސްލާމިކް ފައިނޭންސިން ފެސިލިޓީ އެވެ. މި ފައިނޭންސިން ފެސިލިޓީ ހަމަޖެހިގެން މިދިޔައީ،  2017 ވަނަ އަހަރުގެ މެއި މަހު ބޭއްވުމުނު އައިޑީބީ ގުރޫޕުގެ އަހަރީ ބައްދަލުވުމުގައި ، އެގުރޫޕުގެ އިސްވެރިންނާއި އެކު މިނިސްޓަރ އޮފް ފިނޭންސް އަހްމަދު މުނައްވަރު ކުރައްވާފައިވާ މަޝްވަރާގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި  ފެސިލީޓީ ގެ ސަބަބުން އެސްޓީއޯ އިން ތެލާއި ގޭހުގެ ގެ އިތުރުން އެނޫންވެސް މުދާ ލުއި އަގެއްގައި ފަސޭހައިން ރާއްޖެއަށް އެތެރެކުރެވި ރައްޔިތުންނަށް ފަސޭހައިން ފޮރުކޮށްދިުމަށް މަގުފަހިވެގެންދާނެއެވެ.  

މި ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރައްމިއްޔާތުގައި  ޑެޕިއުޓީ މިނިސްޓަރ އޮފް ފީނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ހުސައިން ޝާމް އަދާމް އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑްުގެ ރައީސް އަލްފާޟިލް މުޙައްމަދު ނިޒާރުވެސް ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ފަހުގެ
08 އޭޕްރީލް 2021
09 ނޮވެމްބަރު 2020
17 މެއި 2020
24 އޭޕްރީލް 2020
ކޮވިޑް -19 އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލު 07 އޭޕްރީލް 2020