މި އުސޫލަކީ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް އާ ގުޅޭގޮތުން ހުށަހެޅޭ އެންމެހާ ޝަކުވާތަކާއި ހިޔާލުތަކަށް ޖަވާބުދާރީވުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ އުސޫލެކެވެ. މި އުސޫލުގެ ދަށުން ހުށަހަޅާ ޝަކުވާތަކާއި ހިޔާލުތައް ބޭނުން ކުރާނީ މި ޕްރޮޖެކްޓްގެ ކަންކަން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުރުމާއި، ޖަވާބުދާރީވުން އިތުރަށް ވަރުގަދަ ކުރުމާއި، ދިމާވާ މައްސަލަތައް ހައްލު ކުރުމަށެވެ. މި އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. އަދި ކާކުކަން ނޭންގޭ ގޮތަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެއެވެ.
- ޕްރޮޖެކްޓް އެކްޓިވިޓީސް އާ ގުޅޭ ޝަކުވާތައް
- ޕްރޮޖެކްޓް އެކްޓިވިޓީސް އާ ގުޅޭ ސުވާލުތައް
- ޕްރޮޖެކްޓްގެ ބަޖެޓުން ފަންޑު ކުރާ އެކްޓިވިޓީއަކާ ގުޅޭ ކޮމެންޓްތަކާއި ހިޔާލުތައް
- ޕްރޮޖެކްޓްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކާ ގުޅޭ ޝަކުވާތައް
- ޕްރޮޖެކްޓާ ސީދާ ގުޅުންނެތް ފަރާތްތަކަށް ޕްރޮޖެކްޓްގެ ސަބަބުން ކުރާ އަސަރާ ގުޅޭ ޝަކުވާތައް
- ޕްރޮޖެކްޓާ ގުޅުމެއްނެތް ކަންކަމުގެ ޝަކުވާތައް
- ދައުލަތުގެ ގަވާއިދުތަކާއި އުސޫލުތައް
1. މާލީ ވުޒާރާގެ ހެލްޕްޑެސްކް ހޮޓްލައިން 1617 ނުވަތަ ރާއްޖޭންބޭރުންނަމަ 3349200 960+ ނަންބަރާ ގުޅުއްވައިގެން (ހެލްޕްޑެސްކް ހުޅުވާފައި ހުންނާނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި ރާއްޖެ ގަޑިން 08:00ން 14:00 އަށެވެ.
2. އީމެއިލް މެދުވެރިކޮށް: [email protected]
3. މެއިލް / ސިޓީ މެދުވެރިކޮށް. ސިޓީ އެޑްރެސް ކުރާނީ:
އެމްސީޖީޕީ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މާލީ ވުޒާރާ، އަމީނީ މަގު، 20379، މާލެ، ދިވެހިރާއްޖެ
4. އޮންލައިން ފޯމް މެދުވެރިކޮށް ހުށަހެޅުމަށް: ('ޝަކުވާ ހުށަހެޅުން' ބަޓަން)