ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރ އޮފް ފިނޭންސްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތަރެއް ކުރައްވައިފި
19 ފެބުރުއަރީ 2024 ޝެއާ ޓުވީޓް

ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އެރިކް ވޯލްޝް މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތަރެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދާއި، ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި، މާލީ އިޞްލާޙުތަކާ ބެހޭގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޝަފީޤުގެ އަރިހުގައި ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް ޑރ. މުޙައްމަދު ޔަމާއީ އަދި ޗީފް ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ މަރްޔަމް ޢަބްދުލް ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.