ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީ.އީ.އޯ މިނިސްޓަރ އޮފް ފިނޭންސްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
29 ޖެނުއަރީ 2024 ޝެއާ ޓުވީޓް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު، މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ފިނޭންސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ސީ.އެމް.ޑީ.އޭ އަށް ދިމާވާ ގޮންޖެހުންތަކާއި، އެ އޮތޯރިޓީއާއި މި ވުޒާރާއާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ސީ.އެމް.ޑީ.އޭގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް، އާމިނަތު މުޙައްމަދު ދީދީ އަދި ޑިރެކްޓަރ ޖެނެރަލް، ޕެންޝަން ސުޕަވިޝަން ޑިޕާޓްމަންޓް، ޢަބްދުﷲ ޒަކަރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓަރ ޑރ. ޝަފީޤުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް ހަސަން މިރާސާއި ޕާރމަނަންޓް ސެކްރެޓަރީ އަޙުމަދު ސިރާޖާއި ސްޓޭޓް ޝެއަރހޯލްޑިންގ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިފާޙްގެ އިތުރުން ޗީފް ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް މަރްޔަމް ޢަބްދުލް ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.