ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރ އޮފް ފިނޭންސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތަރެއް ކުރައްވައިފި
22 ޖެނުއަރީ 2024 ޝެއާ ޓުވީޓް

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖޯން-ފްރަންސުއާ ޕަކްތެތް، މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތަރެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ފިނޭންސްގައެވެ.

މިބައްދަލުވުމުގައި ފްރާންސާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށާއި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޝަފީޤުގެ އަރިހުގައި ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު ސިރާޖާއި، ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް ޑރ. މުޙައްމަދު ޔަމާއީ އަދި އެސިސްޓަންޓް ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް ފާތިމަތު ސުހާ ބައިވެރިވެލެއްވިއެވެ.