އިހު ޒަމާނުގައި ދިވެހިރާއްޖޭގެ މަލީ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާއަށް ކިޔައި އުޅެނީ "ބޮޑު ބަނޑޭރި" އެވެ. އަދި 1932 ވަނަ އަހަރާއި ހަމައަށް މިކަންކަން ކުރެވިގެންދިޔައީ ބޮޑު ބަނޑޭރި ގޭގައެވެ. މިއަށްފަހު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް "ވުޒާރާތުލް މާލިއްޔާ" ގެ ނަމުގައި މަލީ ވުޒާރާއެއް ޤާއިމްކުރެވި މި ވުޒާރާގެ އިސްވެރިޔަކަށް އަލް އަމީރް ހަސަން ފަރީދް ދީދީ އައްޔަންކުރެވުނެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި މި މާލީ ވުޒާރާ އަށް ވަނީ ތަފާތު ނަންތަކެއްދެވި ބޮޑެތި އިދާރީ ބަދަލުތަކެއް އެކި ދުވަސްވަރުގައި ގެނެވިފައެވެ. މިގޮތުން 1980ގެ އަހަރުތަކުގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ވަނީ ވުޒާރާތުލް މާލިއްޔާގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އާއި ޑިޕަރޓްމަންޓް އޮފް ފިނޭންސްގެ ނަމުން ނަންދެވިފައެވެ. މިއަށްފަހު ދިގު މުއްދަތަކަށް ވުޒާރާގެ ނަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ ނަމުގައި ހިނގުނެވެ.
އަދި ދައުލަތުގެ ތަފާތު މުހިންމު މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންވަނީ މި މިނިސްޓްރީގެ އިސްވެރިޔާގެ މަޤާމު ފުރުއްވާ، މިނިސްޓްރީގެ ތަސައްވުރާއި ހަމަށް ވާސިލްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ހަތަރުބުރި ޢިމާރާތަކީ ޣާޒީ ބިލްޑިންގ
(މިއީ ކުރިން ފިނޭންސް މިނިސްޓްރީ ހިންގި އިމާރާތެއް)
މިނިސްޓްރީގެ އިސް މަޤާމްތައް ފުރުއްވާފައިވާ ބޭފުޅުން
މިނިސްޓްރީ އޮފް ފިނޭންސް ގެ އިސް މަޤާމްތައް ފުރުއްވާފައިވާ ބޭފުޅުން
1. ސުމުއްވުލް އަމީރް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލޭގެފާނު
ބޮޑުބަނޑޭރި- 11 މާރިޗު 1903 އިން 14 އޮކްޓޯބަރު 1932 އަށް
2. އަލްއަމީރު ޙަސަން ފަރީދު ދީދީ
ވަޒީރުލް މާލިއްޔާ/ މަޙުކަމަތުލް މާލިއްޔާގެ ވެރިޔާ- 22 ޑިސެންބަރު 1932 އިން 18 ޖަނަވަރީ 1942 އަށް
3. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
މަޙުކަމަތުލް މާލިއްޔާގެ ވެރިޔާ- 18 ޖަނަވަރީ 1942 އިން 22 އޭޕްރީލް 1951 އަށް
ވަޒީރުލް މާލިއްޔާ - 22 އޭޕްރީލް 1951 އިން 31 ޑިސެންބަރު 1952 އަށް
4. ޞާޙިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީ
ވަޒީރުލް މާލިއްޔާ- 12 ޖުލައި 1954 އިން 27 ނޮވެންބަރު 1955 އަށް
5. ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު
ވަޒީރުލް މާލިއްޔާ- 27 ނޮވެންބަރު 1955 އިން 14 ޑިސެންބަރު 1957 އަށް
6. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު
ވަޒީރުލް މާލިއްޔާ- 14 ޑިސެންބަރު 1957 އިން 11 ނޮވެންބަރު 1968 އަށް
7. އޮނަރަބްލް ޢަބްދުއްސައްތާރު މޫސާ ދީދީ
މިނިސްޓަރ އޮފް ފިނޭންސް- 29 އޮކްޓޯބަރު 1970 އިން 10 މާރިޗު 1975 އަށް
8. އަލް އަމީރު މުޙައްމަދު ނޫރައްދީން
މިނިސްޓަރ އޮފް ފިނޭންސް- ޖަނަވަރީ 1977 އިން ނޮވެމްބަރ 1978
9. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިސްވެރިޔާ- 11 ނޮވެންބަރު 1978 އިން 12 ޑިސެންބަރު 1988 އަށް
މިނިސްޓަރ އޮފް ފިނޭންސް- 5 ޖެނުއަރީ 1989 އިން 11 ނޮވެންބަރު 1993 އަށް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 11 ނޮވެންބަރު 1993 އިން 1 ސެޕްޓެމްބަރު 2004 އަށް
10. އޮނަރަބްލް އިސްމާޢީލް ފަތުޙީ
ޑިރެކްޓަރ/ޑިޕާޓްމަންޓް އޮފް ފިނޭންސް- 13 ނޮވެމްބަރު 1978 އިން 12 ޑިސެމްބަރު 1988 އަށް
ޑިރެކްޓަރ/މިނިސްޓްރީ އޮފް ފިނޭންސް- 12 ޑިސެމްބަރު 1988 އިން 5 ޖަނަވަރީ 1989 އަށް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް- 5 ޖަނަވަރީ 1989 އިން 11 ނޮވެމްބަރު 1993 އަށް
11. އޮނަރަބްލް ޢާރިފް ޙިލްމީ
މިނިސްޓަރ އޮފް ސްޓޭޓް ފިނޭންސް އެންޑް ޓްރެޜަރީ- 11 ނޮވެމްބަރު 1993 އިން 31 މެއި 2000 އަށް
12. އޮނަރަބްލް މުޙައްމަދު ޖަލީލް
މިނިސްޓަރ އޮފް ސްޓޭޓް ފިނޭންސް އެންޑް ޓްރެޜަރީ- އެޕްރީލް 2000 އިން 1 ސެޕްޓެމްބަރު 2004 އަށް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 1 ސެޕްޓެމްބަރު 2004 އިން 14 ޖުލައި 2005 އަށް
13. އޮނަރަބްލް ޤާސިމް އިބްރާހީމް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 18 އޮގަސްޓް 2005 އިން 15 ޖުލައި 2008 އަށް
\
14. އޮނަރަބްލް ޢަލީ ހާޝިމް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 12 ނޮވެންބަރު 2008 އިން 28 ޖޫން 2010 އަށް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 7 ޖުލައި 2010 އިން 12 ޑިސެންބަރު 2010 އަށް
15. އޮނަރަބްލް އަޙުމަދު ޢީނާޒު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 10 އޭޕްރީލް 2011 އިން 29 ޑިސެންބަރު 2011 އަށް
16. އޮނަރަބްލް މުޙައްމަދު ޝިހާބު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 4 ޖަނަވަރީ 2012 އިން 8 ފެބްރުވަރީ 2012 އަށް
17. އޮނަރަބްލް ޢަބްދުﷲ ޖިހާދު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 15 ޖުލައި 2008 އިން 11 ނޮވެންބަރު 2008 އަށް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 5 މާރިޗު 2012 އިން 17 ނޮވެންބަރު 2013 އަށް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 17 ނޮވެންބަރު 2013 އިން 22 ޖޫން 2016 އަށް
18. އޮނަރަބްލް އަޙްމަދު މުނައްވަރު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ- 22 ޖޫން 2016 އިން ފެށިގެން 17 ނޮވެމްބަރ 2018 އަށް
19. އޮނަރަބަލް އިބްރާހިމް އަމީރު
މިނިސްޓަރ އޮފް ފިނޭންސް – 17 ނޮވެމްބަރ 2018 އިން ފެށިގެން...