ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލިއްޔަތު
ކޮވިޑް-19 ސްޕެންޑިންގ ރިޕޯޓް
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ޚަރަދުތަކުގެ ތަފްސީލީ ރިޕޯޓެއް ކޮންމެ ހޯމަ ދުވަހަކު މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިއުކުރެއެވެ. މި ރިޕޯޓުގައި ޚަރަދުތައް ބެހިފައިވާ މައިގަނޑު ބައިތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ ސަރުކާރުގެ އިދާރާތަކުން ކުރާ ޚަރަދުގެ ތަފުސީލު ހިމެނެއެވެ.
އިތުރަށް ވިދާޅުވުމަށްކޮވިޑް-19 އާ ގުޅިގެން ލިބޭ މާލީ އެހީތެރިކަން
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ދަށްވެ، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް އަންދާޒާކުރި އާމްދަނީއަށްވުރެ ބޮޑުތަނުން ދަށްވާނެކަމަށް މިހާރު ބެލެވެއެވެ. އަދި މިއާއެކު 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓު ޑެސިޓް ބޮޑުވާނެކަމަށް މިހާރު ލަފާކުރެވޭތީ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު ދަނީ އިތުރުވަމުންނެވެ. އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި، އެހެން ގައުމުތަކުންނާއި ސަރުކާރުތަކުން ވަނީ އެހީ ފޯރުކޮށްދީފައެވެ. މީގެ ތަފުސީލު ތިރީގައި އެވަނީއެވެ.
އިތުރަށް ވިދާޅުވުމަށްކޮވިޑް-19 ފްރަންޓް ލައިން އެލަވަންސް
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އަޅުގަނޑުމެންގެ އެންމެ ކުރީސަފުގައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދިޔަ އަޅުގަނޑުމެންގެ ފްރަންޓް ލައިން މަސައްކަތްތެރިންގެ ރޯލު ވަރަށްވެސް ބޮޑެވެ. ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުން އަދި މިނޫންވެސް ފްރަންޓްލައިން މަސައްކަތްތެރިން އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވީ، ކަމުގެ ނުރައްކާ ކިތަންމެ ބޮޑު ނަމަވެސް، ނުހަނު ފުރިހަމައަށެވެ.
އެގޮތުން "ކޮވިޑް-19 ފްރަންޓް ލައިން އެލަވަންސް" ތައާރަފްކޮށްފައިވަނީ މި ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިންގައި ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެކި ރިސްކް ލެވެލްތަކަކަށް ބަހައިލެވިގެންނެވެ.
އިތުރަށް ވިދާޅުވުމަށް