ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލުކުރާ ދިވެހީންނަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިންދަނީ، އެފަރާތްތަކުގެ އަސާސީ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ޙާލަތައް ކުރާ ނޭދެވޭ އަސަރެއްގެ ސަބަބުން ކޯހުގެ ފީ ދެއްކުމަށް ދަތިވެފައިވާ ނުވަތަ ފީ ދެއްކުމަށް ނުކުޅެދިފައިވާ، މިހާރު ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލުކުރަމުންދާ، މި އެހީ ލިބުމަށް ޝަރުތު ހަމަވާ ދަރިވަރުން މި އެހީތެރިކަން ހޯދުމަށް ހުށަހެޅިދާނެއެވެ (މި ލިޔުމުގެ ތިރީގައިވާ ލިންކުން ޝަރުތުތަކާ ގުޅޭ އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ.) މިއީ ސަރުކާރުގެ ސްކޮލަޝިޕްގައި ނުވަތަ ނޭޝަނަލް ސްޓޫޑަންޓް ލޯންސްކީމްގެ ދަށުން ކިޔަވަމުންދާ ކުދިންނަށް އަމާޒުކުރެވިފައިވާ ލޯން ސްކީމަކަށް ނުވި ނަމަވެސް، މީގެ ތެރެއިން މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ކުދިންނާއި، ކިޔަވާ ނިމުމަށްފަހު ކޮވިޑްގެ-19 ގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި ކުދިންވެސް، މި އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.

މާލީ މި އެހީތެރިކަމުގެ ދަށުން، އެންމެ ގިނަވެގެން ދެމަހުގެ މުއްދަތައް، ކިޔަވަމުންދާ ނުވަތަ ކިޔަވަމުންދިޔަ ޤައުމަކަށް އެމްއޯއެޗްއީ އިން ކަނޑައަޅާފައިވާ ސްޓައިޕެންޑް ރޭޓާ އެއްގޮތަށް ފައިސާ ދޫކުރެވޭނެއެވެ. ޝަރުތު ހަމަވާ ކުދިންނަށް ކޮންމެ ދުވަހަކުވެސް އެލަވަންސްގެ ގޮތުގައި ލިބޭނީ ކިޔަވަމުންދާ ޤައުމުގައި ދިރިއުޅުމުގެ އެލަވަންސް ހަމަޖެހިފައިވާ ރޭޓުންނެވެ. މިގޮތުން އެންމެ ގިނަވެގެން ދުވާލަކަށް އެލަވަންސްގެ ގޮތުގައި ލިބޭނީ 50 އެމެރިކާ ޑޮލަރެވެ.





ފަރުދުން އަދި ގޭބިސީތައް

ވިޔަފާރިތައް

ދައުލަތުގެ މާލިއްޔަތު

ޝެއާ