1. ފުރަތަމަ ސަފުޙާ
  2. މިނިސްޓްރީ އޮފް ފިނޭންސް
  3. ބައިނަލްއަގުވާމީ ގުޅުންތައް
ބައިނަލްއަގުވާމީ ގުޅުންތައް
05 އޮގަސްޓް 2020 ޝެއާ ޓުވީޓް

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވެ މަސައްކަތް ކުރަމުންދާ ޤައުމެކެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ ކަންކަމާމެދު ވަކާލާތުކޮށް، ރާއްޖެއަށް އެހީދޭ ފަރާތްތަކާއެކު ގާތް އަދި ރަހުމަތްތެރި ގުޅުމެއް ރާއްޖޭން ބާއްވައެވެ. 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު، ރާއްޖޭން ރަސްމީ އަދި ޚާރިޖީ ގުޅުން އެހެން ޤައުމަތަކާއެކު ބާއްވަން ފެށިއެވެ.

ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ފަރާތްތަކުންނާއި، ކޮމަރޝަލް ބޭންކްތަކުން އެހީ ލިބެމުންދެއެވެ. އެގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ތަރައްޤީގެ މަޝަރޫއުތަކާއި، އިޤްތިސާދީ އަދި ޕަބްލިކް ފައިނޭންސްއާއި ގުޅުން ހުރި ފަރާތްތަކާއި އެކު ގާތް ގުޅުމެއްދަމަހައްޓަމުން ދެއެވެ.

  • އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް
  • ފްރެންޗް ޑިވެލޮޕްމެންޓް އެޖެންސީ
  • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް
  • އޭޝިއަން އިންފްރާސްރަކްޗާ އިންވެސްޓްމަންޓް ބޭންކް
  • ބޭންކް އޮފް ސިލޯން
  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް
  • އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ
  • އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް އިންޑިއާ
  • ބެލްޖިއަމް ސަރުކާރު
  • އިންޑިއާ ސަރުކާރު
  • އައިއެންޖީ ބޭންކް
  • އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް
  • އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް
  • އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް
  • ޖަޕާން ބޭންކް އޮފް އިންޓަރނޭޝަނަލް ކޯޕަރޭޝަން
  • ކުވޭތު ފަންޑް ފޯރ އަރަބް އިކޮނަމިކް ޑިވެލޮޕްމަންޓް
  • ނޯރޑިއާ ބޭންކް ޑެންމާކް
  • ނޯޑިކް ޑިވެލޮޕްމަންޓް ފަންޑް
  • ރަބޯބޭންކް
  • ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް
  • ދަ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
  • ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް
  • ވޯލްޑް ބޭންކް