ފިސްކަލް އެފެއާޒް ޑިވިޜަން
29 ޑިސެމްބަރު 2018 ޝެއާ ޓުވީޓް

ފިސްކަލް ޕޮލިސީއާމެދު މި މިނިސްޓްރީގެ ވިޜަން ޙާސިލުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، ނަމުންވެސް ދޭހަވާ ފަދައިން މި މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިވިޜަން (އެފް.އޭ.ޑީ.) އެވެ. މި ޑިވިޜަނުގެ މައިގަނޑު މަސައްކަތް ބިނާވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފިސްކަލް ބެލެންސް ހިފެހެއްޓުމުގެ މައްޗަށެވެ.

އެފް.އޭ.ޑީ ޚާއްސަވެފައިވަނީ، ސަރުކާރުން ކަނޑައަޅުއްވާ ލަނޑުދަނޑިތައް ދެމެހެއްޓެނިވި ގޮތެއްގައި ޙާސިލުކުރެވޭނެ ފަދަގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލައި، ބަޖެޓު ތަންފީޒުވަމުންދާ މިންވަރު މޮނީޓަރކޮށް ރެގިއުލޭޓްކުރުމަށެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާ ފިސްކަލް ޕޮލިސީ އެންމެ ފުރިހަމަގޮތެއްގައި ތަންފީޒުކުރުމަށް ބޭނުންވާ ފިސްކަލް އަދި މަނިޓަރީ ހަމަޖެހުން އިޤްތިޞާދަށް ގެނައުމަށް އަމާޒުކޮށް، އިޤްތިޞާދުގެ މުހިންމު ބައިތަކުގެ މެދުގައި ކޯޑިނޭޝަން ރަނގަޅުކުރުމުގެ ގޮތުން މެކްރޮއިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

ފިސްކަލް ދާއިރާއާގުޅޭ ދިރާސާކުރުމަކީވެސް އެފް.އޭ.ޑީ.ގެ މުހިންމު މަސްއޫލިއްޔަތެކެވެ. މިގޮތުން ސަރުކާރުގެ އެންމެ އިސްވެރިން ކަނޑައަޅުއްވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ގެންގުޅުއްވާ ޕޮލިސީ ކަނޑައެޅުމުގައި އެހީވެދޭނެ ޓެކްނިކަލް ކަރުދާސްތައް ތައްޔާރުކޮށް ހުށަހަޅައެވެ. މީގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި، ޚަރަދުތައް ހަރުދަނާކުރުން ފަދަ ކަންކަމުގައި ލަފާއެރުވުން ހިމެނެއެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދައުލަތުގެ މާލީ ޙާލަތު އަންގައިދިނުމުގެ ރިޕޯޓުތައް ތައްޔާރުކޮށް، ޝާއިއުކުރުމަކީ އެފް.އޭ.ޑީ.ގެ ޒިންމާއެކެވެ.