އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ
23 މެއި 2020 ޝެއާ ޓުވީޓް

އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) އަކީ ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގާ ބޭންކެކެވެ. މިއީ ޗައިނާގެ ސްޓޭޓް ކައުންސިލްގެ ސީދާ ބެލުމުގެ ދަށުން ޗައިނާގެ ވިޔަފާރި، އިންވެސްޓްމެންޓް އަދި ބައިނަލްއަގްވާމީ އިގްތިސާދީ ގުޅުންތަކަށް އެހީތެރިވުމުގެ ގޮތުން ހިންގޭ ބެންކެކެވެ. ޗައިނާގެ ސަރުކާރުގެ މާލީ އެހީއާއެކު މި ބޭންކުން ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމާއި އަދި ސްޓްރަކްޗަރަލް އެޖަސްޓްމަންޓް، އަދި ބޭރު ޤައުމުތަކާއެކު ކުރެވޭ ވިޔަފާރިއަށް އެހީވުމުގައި މުހިއްމު ރޯލެއް ދަނީ އަދާކުރަމުންނެވެ. އަދި ޗައިނާ ސަރުކާރުގެ "ގޮއިންގ ގްލޯބަލް" ސްޓްރެޓެޖީ ތަންފީޒު ކުރުމުގައިވެސް އިސް ރޯލެއް އަދާކުރަމުންދެއެވެ. ޗައިނާ އެގްޒިމްއިން ކޮންސެޝަނަލް ލޯނާއި ޕްރިފަރެންޝިއަލް ބަޔާރސް ކްރެޑިޓް ފޯރުކޮށްދެއެވެ.

ޗައިނާ އެގްޒިމްއިން ދިވެހިރާއްޖެއަށް ފުރަތަމަ ލޯނެއް ދޫކޮށްފައިވަނީ 2010 ވަނަ އަހަރު ހުޅުމާލޭގައި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއަކަށެވެ. އެއަށްފަހު މި ބެންކުން ދިވެހިރާއްޖޭގެ ގެދޮރު އިމާރާތްކުރުމާއި ދަތުރުފަތުރު އަދި އުމްރާނީ ތަރައްޤީގެ ދާއިރާއަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށްދެއްވާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ހުޅުމާލޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވާފައިވާ އެހީއެވެ. ޗައިނާ އެގްޒިމްއިން ވަނީ 30 އޮގަސްޓް 2018 ގައި ހުޅުވުނު ސިނަމާލެ ބްރިޖްގެ މަޝްރޫއަށްވެސް އެހީދެއްވާފައެވެ. އަދި މިހާރު ކުރިއަށްދާ މެގަ ޕްރޮޖެކްޓް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫއަށްވެސް ދަނީ އެހީތެރިކަން ދެއްވަމުންނެވެ.


ޗައިނާ އެގްޒިމްއާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2016ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް
ޗައިނީޒް ޔުއާން455,600,000
2015އެކްސްޕޭންޝަން އެންޑް އަޕްގްރޭޑިންގ އޮފް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިން ހުޅުލެ
އެމެރިކާ ޑޮލަރު373,838,500
2012ޑިވެލޮޕްމަންޓް އޮފް 1500 ހައުސިންގ ޔުނިޓްސް އިން މޯލްޑިވްސް ޗައިނީޒް ޔުއާން982,500,000
2010ޑިވެލޮޕްމަންޓް އޮފް 1000 ހައުސިންގ ޔުނިޓްސް އިން ހުޅުމާލެ
ޗައިނީޒް ޔުއާން481,000,000

ވެބްސައިޓް: http://english.eximbank.gov.cn/en