ބޭންކް އޮފް ސިލޯން
14 ޖުލައި 2020 ޝެއާ ޓުވީޓް

ބޭންކް އޮފް ސިލޯން (ބީއޯސީ) އަކީ ސްރީލަންކާގެ ސަރުކާރު ހިއްސާވާ ފުރަތަމަ ވިޔަފާރި ބޭންކެވެ. މި ބޭންކް އުފައްދާފައިވަނީ 1939 ވަނަ އަހަރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. މާލީ ގިނަ ޚިދުމަތްތަކާއެކު މި ބޭންކް  ވެފައިވަނީ ސްރީލަންކާގެ އެންމެ ބޮޑު މާލީ އިދާރާކަމުގައެވެ. މި ބޭންކަކީ ސްރީލަންކާ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެންމެ ގިނައިން މާލީ އެހީ ފޯރުކޮށްދެމުން އަންނަ ފަރާތެވެ. އަދި މި ބޭންކަކީ ސްރީލަންކާ ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑު ބައެއްވެސް ހިއްސާކުރާ އެއްފަރާތެވެ. 

ބީއޯސީއިން އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ލޯނު އެހީއެއް ލިބިފައިވަނީ 1995 ވަނަ އަހަރު ކުނި ގެންދިއުމަށް ބޭނުންކުރާ ލޭންޑިންގ ކްރާފްޓެއް ގަތުމަށެވެ. އެއަށްފަހު ބޭންކުން ދަނީ ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އުމްރާނީ ތަރައްޤީ އާއި ދަތުރުފަތުރު ކުރުމުގެ ދާއިރާ ހިމެނެއެވެ.

ބީއޯސީ އާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2014ބަޖެޓް ސަޕޯޓް ލޯންއެމެރިކާ ޑޮލަރު29,400,000
2007ސަޕްލައި އެންޑް ޑެލިވަރީ އޮފް ކޮންސްޓްރަކްޝަން އިކުއިޕްމަންޓްއެމެރިކާ ޑޮލަރު2,322,025
2005ކޮންސްޓްރަކްޝަން އޮފް 40މ ފިޝަރީޒް ޕްރޮޖެކްޓް ވެސަލް އެންޑް 35މ ފިޝަރީޒް ޕްރޮޖެކްޓް ކްރާފްޓްއެމެރިކާ ޑޮލަރު8,081,240
2005ވެލާނާގެ އޮފީސް ބިލްޑިންގ ޕްރޮޖެކްޓްއެމެރިކާ ޑޮލަރު14,963,727
2004މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑިންގ ފޭސް 4އެމެރިކާ ޑޮލަރު5,695,562
2000ފްލަޑް ލައިޓިންގ ސިސްޓެމް އެޓް ދި ނޭޝަނަލް ސްޓޭޑިއަމްއެމެރިކާ ޑޮލަރު1,855,830
2000ރިޕެއާރސް ޓު ކޯސްޓް ގާޑް ވެސަލްސްއެމެރިކާ ޑޮލަރު1,790,000
1998ފަޔަރ ފައިޓިންގ ވެސަލްއެމެރިކާ ޑޮލަރު1,343,610
1996ޕާރޗޭސް އޮފް ޓޫ ސެރވެލަޔަންސް ވެސަލްސްއެމެރިކާ ޑޮލަރު7,200,000
1995ގާރބޭޖް ޓްރާންސްޕޯޓް ލޭންޑިންގ ކްރާފްޓްއެމެރިކާ ޑޮލަރު820,000
ވެބްސައިޓް: www.boc.lk