ނޯޑިކް ޑިވެލޮޕްމަންޓް ފަންޑް
05 އޮގަސްޓް 2020 ޝެއާ ޓުވީޓް

ނޯޑިކް ޑިވެލޮޕްމަންޓް ފަންޑަކީ ނޯޑިކް ފަސް ޤައުމު އެކުވެގެން އުފައްދާފައިވާ މާލީ އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަގުސަދަކީ ކުޑަ އަދި މެދު މިންވަރުގެ އާމްދަނީ ލިބޭ ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުމެވެ. ނޯޑިކް ފަންޑުން ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ ބައިލެޓްރަލް، މަލްޓިލެޓްރަލް އަދި އެހެނިހެން މާލީ އިދާރާތަކާ ގުޅިގެން ކޯފައިނޭންސިންގ އުސޫލުގެ ދަށުންނެވެ.

ނޮޑިކް ފަންޑުގެ އެހީތެރިކަން އެންމެ ފުރަތަމަ ރާއްޖެއަށް ލިބިފައިވަނީ 1981 ވަނަ އަހަރު ހިންގުނު "ތަރޑް ފިޝަރީސް ޕްރޮޖެކްޓް" އަށެވެ. އެއަށްފަހު މަސްވެރިކަމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަށް ހިންގުމަށް ނޯޑިކް ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

އަހަރުމަޝްރޫއުފައިސާއަދަދު
1998ތަރޑް ޕަވަރ ސިސްޓަމްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްޔޫރޯ4,700,200
1995މާލެ ވޯޓަރ އެންޑް ސުވަރޭޖް ޕްރޮޖެކްޓްޔޫރޯ2,115,090
1992ތަރޑް ފިޝަރީޒް ޕްރޮޖެކްޓްޔޫރޯ4,111,683
ވެބްސައިޓް: www.ndf.fi