ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް
07 އޮގަސްޓް 2020 ޝެއާ ޓުވީޓް

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އުފެދިފައިވަނީ 1 ސެޕްޓެމްބަރ 1974 ގައެވެ. އަދި މި ފަންޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 މާރިޗު 1975 ގައެވެ. ސައުދީ ފަންޑުގެ މައިގަނޑު މަސައްކަތަކީ ކުރިއަރަމުންދާ ގައުމުތަކުގެ އެކިއެކި މަޝްރޫޢުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތައުލީމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ހިލޭއެހީ ދިނުމާއި، ތެލުގެ ވިޔަފާރި ނޫން އެހެން އެކްސްޕޯޓަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގެރެންޓީދިނުމެވެ. މި ފަންޑަކީ ސައުދީ ސަރުކާރުގެ ހިއްސާ އޮންނަ މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރާ އިދާރާއެކެވެ.

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ސައުދީ ފަންޑުން ލޯނެއް ދޫކޮށްފައިވަނީ 1978 ގައި މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. ސައުދީ ފަންޑުން ވަނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ސިއްޙީ ދާއިރާ، ބަނދަރު ތަރައްޤީކުރުން، ފެނާއި ނަރުދަމާގެ މަޝްރޫއުތައް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަދި ބަޖެޓް ސަޕޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ސައުދީ ފަންޑުންދަނީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިވަގުތު ސައުދީ ފަންޑުން ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ދަނީ ކޯފައިނޭންސް ކޮށްދެއްވަމުންނެވެ.


ސައުދީ ފަންޑާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2020އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް

ސައުދީ ރިޔާލް

93,750,000
2020ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ސައުދީ ރިޔާލް

93,750,000
2016އިބްރާހީމް ނާޞިރު އެއަރޕޯޓް އަޕްގްރޭޑް ޕްރޮޖެކްޓް
ސައުދީ ރިޔާލް375,000,000
2015ޑިވެލޮޕްމަންޓް އޮފް ހުޅުމާލެ އައިލެންޑް ސައުދީ ރިޔާލް300,000,000
2011ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓް ސައުދީ ރިޔާލް47,000,000
2010ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް އޮފް ގއ. ޕްރޮޖެކްޓް ސައުދީ ރިޔާލް30,000,000
2009ރީކޮންސްޓްރަކްޝަން އޮފް ފިޝިންގ ހާބަރސް އިން މޯލްޑިވްސް ސައުދީ ރިޔާލް56,250,000
2008ޕްރޮގްރާމް އޮފް ރިޕެއަރސް އޮފް ޑެމޭޖަސް ރިޒަލްޓެޑް ފްރޮމް ސުނާމީ ސައުދީ ރިޔާލް56,250,000
2006ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް އޮފް ގއ. ސައުދީ ރިޔާލް45,000,000
1999އެއަރޕޯޓް އަޕްގްރޭޑިންގ ޕްރޮޖެކްޓް ފޭސް 4 ސައުދީ ރިޔާލް16.654,164
1992އެއަރޕޯޓް އެކްސްޕޭންޝަން ސައުދީ ރިޔާލް34,144,150
1984ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޕްރޮޖެކްޓް ސައުދީ ރިޔާލް14,252,835
1981އެއަރޕޯޓް ޕްރޮޖެކްޓް ސައުދީ ރިޔާލް9,265,053
1978އެއަރޕޯޓް ޕްރޮޖެކްޓް ސައުދީ ރިޔާލް31,150,000

ވެބްސައިޓް: https://www.sfd.gov.sa