ބެލްޖިއަމް ސަރުކާރު
04 އޮގަސްޓް 2020 ޝެއާ ޓުވީޓް

ބެލްޖިއަމް ސަރުކާރުގެ އެހީތެރިކަން އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ލިބިފައިވަނީ 2001 ވަނަ އަހަރު ސޮއިކުރެވުނު ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫއަށެވެ. އެއަށްފަހު 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށް ހިންގުނު "ސުނާމީ ޑިޒާސްޓަރ ރިލީފަށް އދ. ގެ ޖަމްއިއްޔާތައް މެދުވެރިކޮށް ތިން މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައި ވެއެވެ. މި މަޝްރޫއުތަކަކީ:

• ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދަނޑުވެރިން އަދި މަސްވެރިންނަށް އެހީތެރިވުމަށް ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަންގެ މެދުވެރިކޮށް 80،000 އެމެރިކާ ޑޮލަރުގެ ދަނޑުވެރިކަމާއި މަސްވެރިކަމަށް ބޭނުންވާ ސާމާނު ފޯރު ކޮށްދިނުން

• ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މެދުވެރިކޮށް 2006 ވަނަ އަހަރު ސޮއިކުރެވުނު 1,280,000 އެމެރިކާ ޑޮލަރުގެ އެމަރޖެންސީ ޝެލްޓަރ ރެސްޕޮންސް އެންޑް ރިކަވަރީ ފޯ ސުނާމީ އެފެކްޓެޓް ޕީޕަލް އޮފް މޯލްޑިވްސް ޕްރޮޖެކްޓް

• ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މެދުވެރިކޮށް 2005 ވަނަ އަހަރު ސޮއިކުރެވުނު 782,793 އެމެރިކާ ޑޮލަރުގެ ރެސްޓޮރޭޝަން އޮފް ކުރިޓިކަލް އިންފްރާސްޓުރަކްޗަރ ޕްރޮޖެކްޓް

އަހަރުމަޝްރޫއުފައިސާއަދަދު
2001ހުޅުމާލެ ރިކްލެމޭޝަން އެންޑް ސޯޝަލް ހައުސިންގޔޫރޯ3,598,584