ފްރެންޗް ޑިވެލޮޕްމެންޓް އެޖެންސީ
14 ޖުލައި 2020 ޝެއާ ޓުވީޓް

ފްރެންޗް ޑިވެލޮޕްމަންޓް އެޖެންސީ (އޭއެފްޑީ) އަކީ ފްރާންސް ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި 1941 ވަނަ އަހަރު އުފައްދާފައިވާ ފްރާންސް ސަރުކާރުގެ މާލީ އިދާރާއެކެވެ. އޭއެފްޑީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދުނިޔެއިން ފަގީރުކަން ނައްތާލުމާއި އަދި މެމްބަރު ޤައުމުތަކަށް ދެމެހެއްޓެނި ތަރައްގީ ގެނެސްދިނުމެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު ދިވެހިރާއްޖެ އަލުން އާރާސްތުކުރުމުގައި އޭއެފްޑީގެ މުހިންމު ދައުރެއްވެއެވެ. މިގޮތުން ހާބަރު މަރާމާތުކޮށްދިނުން، ނަރުދަމާ ނިޒާމް ޤާއިމްކޮށްދިނުން އަދި ސުނާމީގައި ގެއްލުން ލިބުނު ރަށްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އޭއެފްޑީއާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2008ރިހެބިލިޓޭޝަން އޮފް ހާބަރސް އެންޑް ކްރިއޭޝަން އޮފް ސުވަރެޖް ނެޓްވަރކްސްޔޫރޯ14,868,701
2008އަރލީ ވޯރނިންގ ސިސްޓަމްޔޫރޯ7,500,000

ވެބްސައިޓް: www.afd.fr