ކޯރޕަރޭޓް އެފެއަރޒް ޑިވިޜަން
29 ޑިސެމްބަރު 2018 ޝެއާ ޓުވީޓް

ކޯރޕަރޭޓް އެފެއަރޒް ޑިވިޜަން އަކީ މިނިސްޓްރީގެ މެންޑޭޓް ގައިވާ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި އެހެން ޑިވިޜަންތަކަށް ބޭނުންވާ ސަޕޯރޓް ދިނުމުގެގޮތުން އުފައްދާފައިވާ ޑިވިޜަނެކެވެ. މިނިސްޓްރީ އިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި ލުއި ފަސޭހަ ގޮތްތަށް ހޯދާ، ފަންނީ އެހީތެރިކަމާއި މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ޑިވިޜަންގެ މައިގަނޑު އެއް މައްސޫލިއްޔަތެވެ. މީގެ ތެރެއިން ކަންކަމުގައި ޤާނޫނީ ލަފާ ދިނުމާއި މިނިސްޓްރީގެ ބަޖެޓް އަދި އެކައުންޓްސް ބެލެހެއްޓުމާއި މުވައްޒަފުންނާއި ގުޅުން ހުރި ކަންކަން ބެލެހެއްޓުން ފަދަ ކަންކަން ކުރަމުންގެންދަނީ މި ޑިވިޜަންގެ ދަށުން މަސައްކަތްކުރަމުންދާ ސެކްޝަންތަކުންނެވެ. އަދި އަދި މިއާއެކު، މިޑިވިޜަން ގެ ދަށުން ހިނގަމުންދާ ވަރަށް ހާއްސަ ޕްރޮޖެކްޓެއް ކަމުގައިވާ ޕަބްލިކް ފައިނޭންސް މޮޑަރނައިޒޭޝަން ޔުނިޓް އަކީ އެކްސެލެންސް ޓީމް އެކުލަވާލައި، ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިޓެކެވެ. އެގޮތުން އާއްމުންނަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް ކޯލް ސެންޓްރެއް ޤާއިމް ކުރުމާއި މިނިސްޓްރީތަކުން ފޮނުވާ ބަޖެޓް ކޮންޓްރޯލްތައް ފަސޭހަކަމާއެކު ފޮނުވުމަށް ބަނޑޭރި ޕޯރޓަލް އިފްތިތާހް ކުރުން ހިމެނެއެވެ.

o       އެޑްމިނިސްޓްރޭޓިވް ސެކްޝަން

o       ހިއުމަން ރިސޯރސް ސެކްޝަން

o       އައި.ސީ.ޓީ ސެކްޝަން

o       ކޯލް ސެންޓަރ

o       ލީގަލް ސެކްޝަން

o       ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

o       އެގްޒެކެޓިވް ސެކްރެޓޭރިއެޓް

o       ޕަބްލިކް ފައިނޭންސް މޮޑަރނައިޒޭޝަން ޔުނިޓް