ރަބޯބޭންކް
16 ޖުލައި 2020 ޝެއާ ޓުވީޓް

ރަބޯބޭންކް އަކީ ނެދަލަންޑްސްގައި އުފައްދާފައިވާ، ބޭންކިންގ އެސެޓް މެނޭޖްމަންޓް އަދި ރިއަލް އެސްޓޭޓް ދާއިރާއިން ބައިނަލްއަޤްވާމީ ފައިނޭންޝަލް ޚިދުމަތްތަކެއް ފޯރުކޮށްދޭ، ކޯޕަރޭޓިވް ބޭންކެކެވެ. މި ބޭންކްގެ މައިގަނޑު އަމާޒަކީ ބޭންކުގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް، ކާބޯތަކެތި އުފެއްދުމާއި ދަނޑުވެރިކަމުގެ ދާއިރާ ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މާލީ އެހީތެރިކަން ދިނުމެވެ. މި ބޭންކުން ނެދަލޭންޑްސާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މަސައްކަތް ކުރެއެވެ.

ރަބޯބޭންކުން ދިވެހިރާއްޖެއަށް އެހީ ލިބިފައިވަނީ 2005 ވަނަ އަހަރު ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ތ. ވިލުފުށި އާރާސްތުކުރުމުގެ މަސައްކަތަށެވެ.

ރަބޯބޭންކާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2005ރިކްލަމޭޝަން އެންޑް ކޯސްޓަލް ވޯރކްސް ފޮރ ރީކޮންސްޓްރަކްޝަން އޮފް ވިލުފުށި އައިލެންޑްޔޫރޯ7,958,350
ވެބްސައިޓް: www.rabobank.com