އައިއެންޖީ ބޭންކަކީ އިންޓަނޭޝަނަލް ނެދަލޭންޑް ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ހިމެނޭ ޑަޗް މަލްޓިނޭޝަނަލް ބޭންކިންގ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެކެވެ. މި ބޭންކްގެ މައި އިދާރާ ހުންނަނީ އެމްސްޓަރޑަމް ގައެވެ. އައިއެންޖީ ބޭންކުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތޭރޭގައި ހިމެނެނީ ރީޓެއިލް، ޑައިރެކްޓް، ކޮމަރޝަލް، އިންވެސްޓްމަންޓް، ހޯލްސޭލް ބޭންކިންގ އާއި އެސެޓް މެނޭޖްމަންޓް އަދި އިންޝުއަރަންސް ސާރވިސްއެވެ. ބޭންކުގެ މިލްކިއްޔާތުގައި 1.1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އެސެޓްވާއިރު، މިއީ ދުނިޔޭގައިވާ އެންމެ ބޮޑު އެއް ބޭންކެވެ. އައިއެންޖީ ބޭންކަކީ ދުނިޔޭގެ ސިސްޓަމެޓިކަލީ މުހިއްމު ބޭންކް ތަކުގެ ތެރެއިން ހިމެނޭ ބޭންކެކެވެ.
އައިއެންޖީ ބޭންކުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 2000 ވަނަ އަހަރު ދެ މަސް ކަލެކްޓަރ ދޯނި ގަތުމަށްޓަކައި 1.4 މިލިއަންގެ ޔޫރޯގެ ލޯނެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ބޭންކުން ދަނީ ރާއްޖޭގައި ތަފާތު އެކިއެކި މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ރިކްލަމޭޝަން އެންޑް ކޯސްޓަލް ވަރކްސް ފޯ ކޮންސްޓްރަކްޝަން އޮފް ގއ. ވިލިނގިލި މަޝްރޫއާއި ޑްރެޖިންގ އެންޑް ރިކްލެމޭޝަން ވަރކް އެޓް ތްރީ އައިލެންޑްސް މަޝްރޫއު ހިމެނެއެވެ.
އައިއެންޖީ ބޭންކާއި ދިވެހިރާއްޖޭގެ ގުޅުން
އަހަރު | މަޝްރޫއު | ފައިސާ | އަދަދު |
2009 | ޑްރެޖިންގ އެންޑް ރިކްލެމޭޝަން ވަރކް އެޓް ތްރީ އައިލެންޑްސް | ޔޫރޯ | 22,038,000 |
2007 | ރިކްލަމޭޝަން އެންޑް ކޯސްޓަލް ވަރކްސް ފޯ ކޮންސްޓްރަކްޝަން އޮފް ގއ. ވިލިނގިލި | ޔޫރޯ | 8,752,550 |
2000 | ޓޫ ފިޝް ކަލެކްޓަރ ވެސަލްސް | ޔޫރޯ | 34,500,000 |