އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް
07 އޮގަސްޓް 2020 ޝެއާ ޓުވީޓް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އަކީ އިސްލާމީ ޤައުމުތަކުގެ އިޤްތިސާދީ އަދި އިޖްތިމާއީ ދާއިރާ ކުރިއަރުވައި، މެމްބަރު ޤައުމުތަކުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރުމަށް އުފައްދާފައިވާ މަލްޓިލެޓަރެލް މާލީ އިދާރާއެކެވެ. އައިއެސްޑީބީ އުފައްދާފައިވަނީ ޑިސެމްބަރ 1973 ގައެވެ. އަދި ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ އޮކްޓޯބަރ 1975 ގައެވެ. އައިއެސްޑީބީން އެހީދޭ ދާއިރާތަކުގެ ތެރޭގައި އުމްރާނީ ތަރައްޤީ، ތައުލީމް، ސައިންސް އަދި ޓެކްނޮލޮޖީ، ސިއްހީ ދާއިރާ އަދި އަންހެނުންގެ ކުރިއެރުވުން ހިމެނެއެވެ. އައިއެސްޑީބީން މެމްބަރު ޤައުމުތަކަށް ޚިދުމަތްދެމުން އަންނަނީ ލޯނު، ހިލޭ އެހީ އަދި ފަންނީ އެހީތެރިކަން މެދުވެރިކޮށެވެ. 

ރާއްޖެއަށް އައިއެސްޑީބީގެ ފަރާތުން ފުރަތަމަ ލޯނު އެހީއެއް ލިބިފައިވަނީ 1982 ވަނަ އަހަރު ރާއްޖޭގެ މައި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށެވެ. އެއަށްފަހު އައިއެސްޑީބީގެ ފަރާތުން ދަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އުމްރާނީ ތަރައްޤީ، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، އަދި އިގްތިސާދީ ދާއިރާ ހިމެނެއެވެ.

އައިޑީބީއާއި ދިވެހިރާއްޖޭގެ ގުޅުން


އަހަރުމަޝްރޫޢުފައިސާއަދަދު
2020އެމެޖެންސީ ރެސްޕޮންސް ޓު ކޮވިޑް-19 ޕެންޑެމިކް ފޭސް 2އެމެރިކާ ޑޮލަރު20,000,000
2020ކޮވިޑް-19 އެމެންޑްމަންޓް ޓު އިސްތިސްނާ އެގްރިމަންޓް އެންޑް އިޓްސް ރިލޭޓަޑް އެޖެންސީ އެގްރިމަންޓްއެމެރިކާ ޑޮލަރު594,000
2014ރީކޮންސްޓްރަކްޝަން އޮފް ހާބަރސް ޕްރޮޖެކްޓް ފޭސް 2 (އިސްތިސްނާ)
އެމެރިކާ ޑޮލަރު
12,000,000
2014ރީކޮންސްޓްރަކްޝަން އޮފް ހާބަރސް ޕްރޮޖެކްޓް ފޭސް 2 (ލޯން) ސްޕެޝަލް ޑްރޮވިންގ ރައިޓްސް (އެސްޑީއާރ)5,300,000
2013ސެނިޓޭޝަން ޕްރޮޖެކްޓް އިން 5 އައިލެންޑްސް (ލޯން) އެސްޑީއާރ 4,600,000
2013ސެނިޓޭޝަން ޕްރޮޖެކްޓް އިން 5 އައިލެންޑްސް (އިސްތިސްނާ) އެސްޑީއާރ 5,270,000
2013މައިކްރޯ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އެސްޑީއާރ 1,400,644
2012ޑިވެލޮޕްމަންޓް އޮފް އަ ކަރަންޓީން ފެސިލިޓީ ޕްރޮޖެކްޓް އިން ހުޅުމާލެ އެސްޑީއާރ 37,129
2008ކޮންސްޓްރަކްޝަން އޮފް ހާބަރސް ފޮރ ސުނާމީ ވިކްޓިމްސް އެމެރިކާ ޑޮލަރު 5,325,092
2007ރީކޮންސްޓްރަކްޝަން އޮފް ހައުސިންގ ޔުނިޓްސް ފޮރ ދަ ސުނާމީ ވިކްޓިމްސް ޕްރޮޖެކްޓް އެސްޑީއާރ 4,234,269
2007އިމްޕޯޓް ޓްރޭޑް ފައިނޭންސިންގ ލޯން 2 އެމެރިކާ ޑޮލަރު 8,300,000
2006ޓްރޭޑް ފައިނޭންސިންގ ލޯން އެމެރިކާ ޑޮލަރު 11,492,765
2005މައިކްރޯ ފައިނޭންސް ޕްރޮޖެކްޓް ޓު ދަ ބޭންކް އޮފް މޯލްޑިވްސް އެސްޑީއާރ 1,970,993
2004އެޓޯލް ސޯޝަލް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް އެސްޑީއާރ 221,640
2004ޑިވެލޮޕްމަންޓް އޮފް ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް އިން އެޓޯލްސް އެސްޑީއާރ 89,757
2004ހެލްތު އެންޑް އެޑިއުކޭޝަން ފޭސް 2 އެސްޑީއާރ 628,150
2002ގަން/ހިތަދޫ ލިންކް ރޯޑް ފޭސް 2އެސްޑީއާރ 1,577,000
2001ހެލްތު އެންޑް އެޑިއުކޭޝަން ޕްރޮޖެކްޓް އެސްޑީއާރ1,633,908
2000ވިލިނގިލި ހާބަރ ޕްރޮޖެކްޓް އެސްޑީއާރ 3,316,605
2000ގަން ހިތަދޫ ލިންކް ރޯޑް ޕްރޮޖެކްޓް އެސްޑީއާރ 3,026,000
1999ކޮންސްޓްރަކްޝަން އޮފް އައިއެޗްއެސް ޕްރޮޖެކްޓް އެސްޑީއާރ 2,128,221
1997މާލެ ޕްރައިމެރީ ސްކޫލް އެސްޑީއާރ 2,990,208
19954 ރީޖަނަލް ހޮސްޕިޓަލްސް ޕްރޮޖެކްޓް އެސްޑީއާރ 2,328,716
1995ރީޖަނަލް ސެކަންޑަރީ ސްކޫލް އެސްޑީއާރ 1,610,769
1994ވިލިނގިލި ވޯޓަރ ސަޕްލައި ޕްރޮޖެކްޓްއެސްޑީއާރ 1,458,110
1990އެއަރޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް އެސްޑީއާރ 1,948,154
1986ރީފައިނޭންސިންގ އޮފް މަރޝަންޓް ޝިޕިންގ ލޯންސް އެސްޑީއާރ 6,697,973
1982އެއަރޕޯޓް ޕްރޮޖެކްޓް އެސްޑީއާރ 1,791,210
ވެބްސައިޓް: www.isdb.org

ދިވެހިރާއްޖެއިން އައިޑީބީއަށް ކަނޑައަޅާފައިވާ ގަވަނަރ: އަލްފާޟިލް އިބްރާހީމް އަމީރު

ދިވެހިރާއްޖެއިން އައިޑީބީއަށް ކަނޑައަޅާފައިވާ އޯލްޓަރނޭޓް ގަވަނަރ: އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް