ދަ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އަކީ 1976 ވަނަ އަހަރު އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒްގެ މެމްބަރު ގައުމުތަކުން ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ މާލީ އެހީދޭ އިދާރާއެކެވެ. ކުރިއަރަމުންދާ ގައުމުތަކުގައި ފަޤީރުކަން ނައްތާލުމަށާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް، އެ ގައުމުތަކާއި އަދި ބައިނަލްއަޤްވާމީ އެހީދޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން އޮފިޑުން އެކި މަސައްކަތްތައް ކުރަމުންދެއެވެ. މިގޮތުން އޮފިޑުން އެ ގައުމުތަކަށް ބޭނުންވާ ޒަރޫރީ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާއީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އޮފިޑުން ފޯރުކޮށްދޭ އެހީގެ މައިގަނޑު އަމާޒަކީ ގައުމުގެ ރައްޔިތުންނަކީ ކުރިމަގު އުޖާލާ، ފުދުންތެރި ބަޔަކަށް ވުމަށްޓަކައި އެބައިމީހުންނަށް އެންމެ ބޭނުންވާނެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދިނުމެވެ. މިގޮތުން ކާބޯތަކެއްޗާއި، ހަކަތައާއި، ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްޙީ ޚިދުމަތް އަދި ތައުލީމު ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކަށް ހިލޭ އެހީ އާއި ލޯނު އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ.
އޮފިޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 1977 ވަނަ އަހަރު ބެލެންސް އޮފް ޕޭމަންޓްސް ސަޕޯޓްގެ ގޮތުގައެވެ. އެއަށްފަހު ބަނދަރު ހެދުމާއި، މަސްވެރިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، ތަޢުލީމް އަދި ތިމާވެށީގެ ދާއިރާގެ އެކިއެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އޮފިޑާއި ދިވެހިރާއްޖޭގެ ގުޅުން
އަހަރު | މަޝްރޫޢު | ފައިސާ | އަދަދު |
2020 | ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ބަޖެޓަރީ ސަޕޯޓް ލޯން | އެމެރިކާ ޑޮލަރު | 20,000,000 |
2020 | އައުޓަރ އައިލެންޑް ހާބަރސް، ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 50,000,000 |
2016 | ޑިވެލޮޕްމަންޓް އޮފް ދަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 50,000,000 |
2015 | ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 50,000,000 |
2014 | އައުޓަރ އައިލެންޑްސް ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ފެސިލިޓީސް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 20,000,000 |
2012 | ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް | އެމެރިކާ ޑޮލަރު | 8,400,000 |
2008 | ކޮންސްޓްރަކްޝަން އޮފް ހާބަރސް ފޮރ ސުނާމީ ވިކްޓިމްސް | އެމެރިކާ ޑޮލަރު | 5,549,260 |
1999 | އެއަރޕޯޓް އަޕްގްރޭޑިންގ ފޭސް 4 | އެމެރިކާ ޑޮލަރު | 1,449,941 |
1996 | ސަދަން އެޓޯލްސް ޑވެލޮޕްމަންޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 1,101,412 |
1996 | އެޓޯލް ސްކޫލްސް އަޕްގްރޭޑިންގ އެންޑް އެކްސްޕޭންޝަން | އެމެރިކާ ޑޮލަރު | 2,500,000 |
1994 | ވިލިނގިލި ވޯޓަރ ސަޕްލައި އެންޑް ސުވަރެޖް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 3,000,000 |
1992 | ތަރޑް ފިޝަރީޒް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 2,600,000 |
1989 | މާލެ ޕޯޓްސް ޕްރޮޖެކްޓް ފޭސް 1 | އެމެރިކާ ޑޮލަރު | 2,000,000 |
1988 | އެއަރޕޯޓް ޕްރޮޖެކްޓް އެކްސްޓެންޝަން | އެމެރިކާ ޑޮލަރު | 2,000,000 |
1986 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 800,000 |
1983 | ސެކަންޑް ފިޝަރީޒް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 849,294 |
1982 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 520,000 |
1981 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 600,000 |
1981 | އިންޓަރ އައިލެންޑް ޓްރާންސްޕޯޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 550,390 |
1980 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 1,000,000 |
1979 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 800,000 |
1978 | އެއަރޕޯޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 1,000,000 |
1977 | ބެލެންސް އޮފް ޕޭމަންޓް ސަޕޯޓް | އެމެރިކާ ޑޮލަރު | 500,000 |