އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް
31 މެއި 2020 ޝެއާ ޓުވީޓް

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އުފައްދާފައިވަނީ 1944 ވަނަ އަހަރު ތެރޭގައި ބްރެޓަން ވުޑްސް ކޮންފަރެންސްގައެވެ. ނަމަވެސް، 29 މެމްބަރު ގައުމާއެކު ފަންޑުން ރަސްމީކޮށް މަސައްކަތް ފެށާފައިވަނީ 1945 ވަނަ އަހަރުއެވެ. އައިއެމްއެފްގެ މައިގަނޑު މަގްސަދުގެ ތެރޭގައި މެމްބަރު ގައުމުތަކަށް ދިމާވާ ބެލެންސް އޮފް ޕޭމަންޓްސް މައްސަލަތަކަށް ހައްލު ހޯދައިދީ އިގްތިސާދު ހަރުދަނާކުރުމަށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މެމްބަރު ގައުމުތަކުގެ އިގްތިސާދީ ދާއިރާގެ މައުލޫމާތު އެއްކޮށް އިގްތިސާދު ހަރުދަނާ ކުރުމަށް ބޭނުންވާ ލަފައާއި އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. އަދި ފައިނޭންޝަލް ކްރައިސިސް އެއް ދިމާވާ ހާލަތްތަކުގައި އެގައުމަކަށް މާލީ އެހީ ފޯރުކޮށްދެއެވެ.

ދިވެހިރާއްޖެ އިން ރަސްމީކޮށް އައިއެމްއެފް އާއި ގުޅިފައިވަނީ 13 ޖެނުއަރީ 1978 ގައެވެ. އޭގެ ފަހުން ދިވެހިރާއްޖެއަށް އައިއެމްއެފްގެ ގިނަގުނަ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. މިގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އައިއެމްއެފް އިން ލިބިފައިވާ އެހީ ފާހަގަ ކޮށްލެވެއެވެ.

އައިއެމްއެފް އާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫޢުފައިސާއަދަދު
2005އެމެޖެންސީ އެސިސްޓަންސް ފޮރ ނެޗުރަލް ޑިޒާސްޓަރސްޕެޝަލް ޑްރޮވިންގ ރައިޓްސް4,100,000
ވެބްސައިޓް: www.imf.org

ދިވެހިރާއްޖެއިން އައިއެމްއެފްއަށް ކަނޑައަޅާފައިވާ ގަވަނަރ: އަލްފާޟިލް އަލީ ހާޝިމް

ދިވެހިރާއްޖެއިން އައިއެމްއެފްއަށް ކަނޑައަޅާފައިވާ އޯލްޓަރނޭޓް ގަވަނަރ: އަލްފާޟިލާ މަރިޔަމް ހުސައިން ދީދީ