އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަކީ 1966 ގައި އެކުލަވަލާފައިވާ، 67 މެމްބަރު ޤައުމު ހިމެނޭ، ތަރައްޤީއަށް މަސައްކަތްކުރާ މަލްޓިލެޓަރަލް މާލީ އިދާރާއެކެވެ. މި އިދާރާގެ މަޤުސަދަކީ މެމްބަރު ގައުމުތަކުގެ ފަގީރުކަން ނައްތާލާ، މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީ ފޯރުކޮށްދިނުމެވެ. 1978 ވަނަ އަހަރު ދިވެހިރާއްޖެ އޭޑީބީއާ ގުޅުމާއެކު، އޭޑީބީގެ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް (އޭޑީއެފް) މެދުވެރިކޮށް ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ލިބިފައެވެ. މިހާރުވެސް ދިވެހިރާއްޖެއަށް ހިލޭ އެހީ އަދި ކޮންސެޝަނަލް ލޯން އޭޑީއެފް އަދި އޭޑީބީގެ އެހެނިހެން މަލީ ބައިވެރިން މެދުވެރިކޮށް ލިބެމުންދެއެވެ. އެޑީބީން އެހީދޭ މަޝްރޫޢުތަކަކީ އެ އިދާރާގެ މަޤުސަދު ހާސިލްވާ، އެހީ ލިބޭ ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްހަމަވާ، މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ކަނޑައަޅަނީ އެހީ ލިބޭ ޤައުމުގެ ސަރުކާރާއި މަޝްވަރާކުރުމަށް ފަހުއެވެ.
ދިވެހިރާއްޖެއަކީ އޭޑީބީގެ ސައުތު އޭޝިއާ ސަބް ރީޖަނަލް އިކޮނޮމިކް ކޯޕެރޭޝަން ޕްރޮގްރާމްގެ މެމްބަރެކެވެ. މިއީ ކްރޮސް ބޯރޑަރ ވިޔަފާރި ހަރުދަނާކޮށް، ހަކަތައިގެ ސެކިއުރިޓީ ޤާއިމްކޮށް، އިޤްތިޞާދީ ކޮރިޑޯތައް އެކުލަވާލާ، އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައިވާ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.
އޭޑީބީން ދިވެހިރާއްޖެއަށް ފުރަތަމަ ލޯނެއް ދޫކޮށްފައިވަނީ 1981 ވަނަ އަހަރު އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކުރުމުގެ ނިޒާމް ގާއިމުކުރުމަށް ހިންގި އިންޓަރ އައިލެންޑް ޓްރާންސްޕޯޓް މަޝްރޫޢަށެވެ. އެއަށްފަހު އޭޑީބީން ދަނީ ދިވެހިރާއްޖެއަށް ލޯނު، ހިލޭ އެހީ އަދި ފަންނީ އެހީ، ދަތުރުފަތުރު، ތިމާވެށި، ބަނދަރު ތަރައްޤީކުރުން، ތައުލީމާއި ސިއްހީ ދާއިރާ، ހަކަތަ އަދި ޕްރައިވެޓް ސެކްޓަރ ޑެވެލޮޕްމެންޓްގެ ދާއިރާއިން ފޯރުކޮށްދެމުންނެވެ.
އޭޑީބީއާއި ދިވެހިރާއްޖޭގެ ގުޅުން
އަހަރު | މަޝްރޫއު | ފައިސާ | އަދަދު |
2020 | ކޮވިޑް-19 އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓް ޕްރޮގްރާމް | އެމެރިކާ ޑޮލަރު | 25,000,000 |
2019 | ސައުތު އޭޝިއާ ސަބް ރީޖަނަލް އިކޮނޮމިކް ކޯޕެރޭޝަން ނެޝެނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 5,000,000 |
2012 | މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒް އެންޓަރޕުރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | ސްޕެޝަލް ޑްރޮވިންގ ރައިޓްސް (އެސްޑީއާރު) | 1,081,562 |
2010 | އިކޮނޮމިކް ރިކަވަރީ ޕްރޮގްރާމް | އެސްޑީއާރު | 21,912,000 |
2009 | ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އެސްޑީއާރު | 4,053,751 |
2007 | ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ޕްރޮޖެކްޓް | އެސްޑީއާރު | 3,261,588 |
2005 | ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފޭސް 2 | އެސްޑީއާރު | 506,963 |
2005 | ސުނާމީ އެމަރޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް | އެސްޑީއާރު | 1,188,000 |
2002 | އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވެލޮޕްމަންޓް | އެސްޑީއާރު | 4,266,368 |
2002 | އައުޓަރ އައިލެންޑްސް އިލެކްޓްރިފިކޭޝަން | އެސްޑީއާރު | 3,141,840 |
1999 | ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އެސްޑީއާރު | 4,958,001 |
1999 | ޕޯސްޓް ސެކަންޑަރީ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އެސްޑީއާރު | 4,561,271 |
1998 | ތާރޑް ޕަވަރ ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އެސްޑީއާރު | 4,951,277 |
1993 | ސެކަންޑް މާލެ ޕޯޓް ޕްރޮޖެކްޓް | އެސްޑީއާރު | 5,458,108 |
1992 | ސެކަންޑް ޕަވަރ ސިސްޓަމްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް | އެސްޑީއާރު | 6,376,111 |
1989 | މާލެ ޕޯޓްސް ޕްރޮޖެކްޓް ފޭސް 1 | އެސްޑީއާރު | 4,923,238 |
1987 | މާލެ ޕަވަރ ޕްރޮޖެކްޓް | އެސްޑީއާރު | 4,699,596 |
1984 | މަލްޓި ޕްރޮޖެކްޓް | އެސްޑީއާރު | 2,274,133 |
1981 | އިންޓަރ އައިލެންޑް ޓްރާންސްޕޯޓް ޕްރޮޖެކްޓް | އެމެރިކާ ޑޮލަރު | 846,737 |
ދިވެހިރާއްޖެއިން އޭޑީބީއަށް ކަނޑައަޅާފައިވާ ގަވަނަރ: އަލްފާޟިލް އިބްރާހީމް އަމީރު
ދިވެހިރާއްޖެއިން އޭޑީބީއަށް ކަނޑައަޅާފައިވާ އޯލްޓަރނޭޓް ގަވަނަރ: އަލްފާޟިލާ މަރްޔަމް ޢަބްދުއްނާޞިރު