އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް އިންޑިއާ
02 ޖުލައި 2020 ޝެއާ ޓުވީޓް

އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ) އަކީ އިންޑިއާ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ، އިންޑިއާ އަދި ބޭރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި، މާލީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ބޭންކެކެވެ. މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާއިން އިންޑިއާ ކުރިއެރުވުމުގެ ބޭނުމުގައި 1982 ގެ މާޗްމަހު އެގްޒިމް އިންޑިއާގެ މަސައްކަތްތައް ފެށިފައިވެއެވެ. މިގޮތުން އެގްޒިމް އިންޑިއާއިން ތަފާތު ފުޅާ ދާއިރާތަކެއްގައި ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ޙާއްސަ ފައިނޭންޝަލް ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި އެގްޒިމް އިންޑިއާއިން ދުނިޔޭގެ އެކި ސަރަހައްދުތަކުން އިންޑިއާގެ ކުންފުނިތަކަށް ކޮންޓްރެކްޓްތައް ކާމިޔާބުކުރުމަށް އެހީތެރިވުމުގެ އިތުރުން އެހެނިހެން ޤައުމުތަކުގެ ތަރައްޤީގެ ލަނޑުދަނޑިތަކާއި ހަމައަށް ވާސިލުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެގްޒިމް އިންޑިއާއިން ފުރަތަމަ ރާއްޖެއަށް ލޯނު އެހީއެއް ދީފައިވަނީ 2011 ވަނަ އަހަރު 485 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއަށެވެ. އޭގެފަހުން އެގްޒިމް އިންޑިއާއިން ދަނީ ދިވެހިރާއްޖޭގެ ގެދޮރު އިމާރާތް ކުރުން، ދަތުރުފަތުރު އަދި އުމްރާނީ ތަރައްޤީއަށް ހިންގާފައިވާ އެކި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގްޒިމް އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުން

އަހަރުމަޝްރޫއުފައިސާއަދަދު
2019800 މިލިއަން ކްރެޑިޓް ލައިންއެމެރިކާ ޑޮލަރު800,000,000
2011ކޮންސްޓްރަކްޝަން އޮފް 485 ހައުސިންގ ޔުނިޓް އިން މޯލްޑިވްސްއެމެރިކާ ޑޮލަރު40,000,000
ވެބްސައިޓް: www.eximbankindia.in